ފުލުހުންނަށް ފިލަން ކަނޑަށް ފުންމާލި މީހާ މާވަރަލު ވަލުތެރޭ ފިލާ އޮއްވާ ހޯދައިފި

ރޭގެ ވަގުތެއްގައި ގއ. ކަނޑުހުޅުދުއަށް ދަތުރުކުރަމުންދިޔަ ފެރީއަކުން ފުންމާލި މީހާ އެ އަތޮޅު މާވަރަލު ވަލު ތެރޭގައި ފިލާ އޮއްވާ ހޯދައިފިއެވެ. އެމީހާ ކަނޑަށް ފުންމާލީ މަސްތުވާތަކެތި ހިފައިގެން އޭނާ ދަތު...

10 Jun 2019 | 05:06

ރޭގެ ވަގުތެއްގައި ގއ. ކަނޑުހުޅުދުއަށް ދަތުރުކުރަމުންދިޔަ ފެރީއަކުން ފުންމާލި މީހާ އެ އަތޮޅު މާވަރަލު ވަލު ތެރޭގައި ފިލާ އޮއްވާ ހޯދައިފިއެވެ.

އެމީހާ ކަނޑަށް ފުންމާލީ މަސްތުވާތަކެތި ހިފައިގެން އޭނާ ދަތުރުކުރަމުންދިޔަކަން ފުލުހުންނަށް އެނގިގެން ކަނޑުހުޅުދޫގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު އޭނާއަށް އެނގިގެން ފުލުހުންނަށް ފިލުމަށެވެ.

އޭނާ ކަނޑަށް ފުންމާލުމުން އޭނާގެ ރަހުމަތްތެރި ތިން މީހަކު އޭނާ ހޯދަން ކުޑަ ޑިންގީއެއްގައި ކަނޑުހުޅުދޫއިން ފުރިއެވެ. ނަމަވެސް އެމީހުން ކަނޑުމަތިވީއެވެ. އެ ތިން މީހުން މިހާރު ސަލާމަތް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނެފައިވާގޮތުގައި ފެރީއިން ފުންމާލި މީހާ މާވަރަލު ވަލުތެރޭގައި ފިލާ އޮއްވާ ހޯދިފައިވަނީ މިއަދު ހެނދުނު 09:00 ހާއިރުގައެވެ. އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ފުލުހުން ބުނެއެވެ. މިމީހާ ހޯދުމުގެ މަސައްކަތުގައި މާވަރަލުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމުގައިވެސް ފުލުހުން ބުނެއެވެ.

މާވަރަލުއަކީ އެއާޕޯޓެއް އަޅަމުން އަންނަ ރަށެކެވެ. އެއާޕޯޓް އެޅުމުގެ މަސައްކަތްކުރަމުން އަންނަނީ އެމްޓީސީސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް