މާލޭ ސިޓީގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާއިރު ބަލީގައި މާލެއަށް އެންމެ ބޮޑު ޕީކެއް އަންނާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ކުރައްވަނީ މިމަހުގެ31 ވަނަ ދުވަހެވެ.
ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ ނެތިގެން އަސްލު ޕޮސިޓިވްވާ އަދަދަށް ވުރެ މަދުން އެދުވަހު ޕޮސިޓިވްވާ ކަމަށް ދެއްކިޔަސް އެ ދުވަހު1،600 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި މިހާރު އާންމުންގެ މެދުގައި މަގުމަތިން ބަލި އެރުމުގެ ބަދަލުގައި ގޭގެއަށް ވައިރަސްވަދެ އެއްގޮތަކަށްވެސް ބޭރަށް ނުގޮސް ތިބޭ މީހުންނަށް ބަލި ޖެހުން އިތުރުވެފައިވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
އާންމުންގެ މެދުގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް އެޗްޕީއޭއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަހަރައްދުތަކުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނުދިނުމަކީ ގާނޫނީ ކުށެވެ. މިހާތަނަށް ސާމްޕަލް ނަގަން އެއްބާރުލުން ނުދީގެން ކޯޓު އަމުރުގެ ދަށުންވެސް ބައެއް މީހުންގެ ސާމްޕަލް ނަގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް