ކޯވިޑް-19: އިތުރު 25 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 790 އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 25 މީހަކު ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވް ވި އަދަދު 790 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިރޭ ބުނެފައިވަނީ މިރޭގެ 02:00 އާއި ހަމައަށް އިތުރު 25 މީހަކު ކޯވިޑް-19 އަށް ޕޮ...

09 May 2020 | 21:38

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 25 މީހަކު ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވް ވި އަދަދު 790 އަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނެފައިވަނީ މިރޭގެ 02:00 އާއި ހަމައަށް އިތުރު 25 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 20 މީހަކާއި ފަސް ދިވެއްސަކު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި 25 ކޭހުގެ އިތުރުން މިއަދު މެންދުރުފަހު އެޗްޕީއޭއިން ވަނީ 22 ކޭހެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މިއަދު މެންދުރު 02:00 އާއިހަމައަށް 22 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އޭރު ބުނެފައިވެއެވެ.

އެއާއެކު މިއަދު ޕޮޒިޓިވްވި އަދަދު މިވަނީ 47 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް