ރޯދަ ހިފުމާއި ނަމާދު ކުރުމަށް މަސައްކަތު މާހައުލު ތަން ނުދޭތީ އެމޭޒަން އާއި ދެކޮޅަށް ދައުވާއެއް

ކުރިއަށް މިދާ ރަމަޟާން މަހު ނަމާދު ކުރުމާއި ރޯދަ ހިފުމަށް، އެމޭޒަންގެ މަސައްކަތު މާހައުލު ތަން ނުދޭކަމަށްބުނެ މުސްލިމް ތިން އަންހެނަކު ދައުވާއެއް ކޮށްފިއެވެ. ދައުވާ ކޮށްފައިވަނީ އެމޭޒަން ކުންފުނިން އެ...

10 May 2019 | 09:37

ކުރިއަށް މިދާ ރަމަޟާން މަހު ނަމާދު ކުރުމާއި ރޯދަ ހިފުމަށް، އެމޭޒަންގެ މަސައްކަތު މާހައުލު ތަން ނުދޭކަމަށްބުނެ މުސްލިމް ތިން އަންހެނަކު ދައުވާއެއް ކޮށްފިއެވެ.

ދައުވާ ކޮށްފައިވަނީ އެމޭޒަން ކުންފުނިން އެމެރިކާގެ މިނެސޯޓާގައި ހިންގަމުން އަންނަ ވެއަރ ހައުސްގައި މަސައްކަތް ކުރަމުން އަންނަ މުސްލިމް ތިން އަންހެނުންނެވެ.

ލޯ ފާމެއް މުދުވެރިކޮށް އެމޭޒަން އާއި ދެކޮޅަށް ދައުވާ ކުރާ މި ތިން އަންހެނުން ބުނެފައިވަނީ އެ ވެއަރ ހައުސްގައި މަސައްކަތްކުރާ ސޯމާލީއަށް ނިސްބަތްވާ މުސްލިމުން ނަމާދަށް އަދި ފާހާނާއަށް ދާންވެސް ވަގުތުކޮޅެއް ހުސްކޮށްފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު އޮންނަ ކަމަށެވެ. އަދި ފާހާނާއަށް ދާންވެސް ވަގުތެއް ނުދޭކަމަށް ބުނެފައިވެއެވެ.

އެމީހުން ބުނެފައިވާގޮތުގައި އެމޭޒަންގެ އެ ވެއަރ ހައުސްގައި މުސްލިމުންނާ ދޭތެރޭ އަމަލު ކުރަމުން އަންނަނީ ވަރަށް އިހާނެތިކޮށެވެ. އަދި މުސްލިމުންނަށް ވީތީ ވަކި ތަފާތު އުސޫލަކުން އަމަލުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެމޭޒަން ކުންފުނިން މިކަން ދޮގުކުރެއެވެ. އެ ކުންފުނިން ބުނެފައިވަނީ ކޮންމެ ވަގުތެއްގައިވެސް ނަމާދު ކުރަން މުސާރަ ހިނގާގޮތަށް 20 މިނެޓު ދެމުން އަންނަ ކަމަށެވެ. އަދި އިތުރު ވަގުތު ބޭނުންވާނަމަ މުސާރަ ނުހިނގާގޮތަށްވެސް ވަގުތު ދޭ އުސޫލެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް