ގަން ރީޖަނަލް ހޮސްޕިޓަލުގައި ތެލެސީމިއާ ވޯޑެއް ހެދުމަށް ދިރާގުން އެހީވެއްޖެ

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންނަށް ހާއްސަ ތެލެސީމިއާ ވޯޑެއް ހެދުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ދިރާގުން އެ ހޮސްޕިޓަލަށް ދިން އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ފަރާތުން ލ. ...

10 May 2018 | 18:55

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންނަށް ހާއްސަ ތެލެސީމިއާ ވޯޑެއް ހެދުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން އެ ހޮސްޕިޓަލަށް ދިން އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ފަރާތުން ލ. އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަހުމަދު އަލީއެވެ. ހޮސްޕިޓަލް ފަރާތުން  ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިރެކްޓަރު އަބްދުލް ހަންނާނެވެ.

ދިރާގުން އެ ހޮސްޕިޓަލަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި މުހިންމު ބައެއް މެޑިކަލް ސާމާނާއި އެހެން ބައެއް އާލާތްތައް ހިމެނެ އެވެ. އެ ކުންފުނިން ބުނީ ކުޑަކުދިން ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތްކޮށް، އެފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ.

މީގެ ކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކަށް ބޮޑެތި އެހީތަކެއް ދީފަ އެވެ. އެގޮތުން ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތަކަށް އެހީ ފޯރުކޮށްދިނުން އަދި އޯޓިޒަމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ އަދި އާކް ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް