މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު ބިން މުހައްމަދުގެ އިދިކޮޅު ކޯލިޝަނުން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް ހޯދި ކާމިޔާބަށް ރައީސް އަބްދުﷲ ޔާމީން މަރުހަބާ ދަންނަވައިފި އެވެ.
މަހާތިރަށް ރައީސް ޔަމީން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަހާތިރަށް މަރުހަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި މަހާތީރަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ގައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ނަތީޖާ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނު އެގައުމު ތަރައްގީގެ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަގީންކަން މެލޭޝިއާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އިތުރަށް ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތާވެސް ދެ ގަުއމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް