މޯލްޑިވް ގޭސް އިން ވިއްކާ ގޭހުގެ އަގު ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ހެޔޮކޮށްފި އެވެ.
މި ބަދަލަށް އަމަލު ކުރަން ފަށާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ކުންފުނިން އެ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 50 ރުފިޔާ އަގު ހެޔޮކޮށް ކަމަށެވެ.
އޭރުން 10 ކިލޯގެ ގޭސް ފުޅިއެއް ލިބޭނީ 150 ރުފިޔާ އަށެވެ.
އެ ކުންފުނިން ބުނީ މި ގޮތަށް ނިންމީ ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ގޭހުގެ ޑިމާންޑު ބޮޑުވާތީ ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް ދެވޭ އިނާޔަތެއް ކަމަށް ބުނެފައިވެ އެވެ.
މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި މޯލްޑިވް ގޭސް ބޭނުން ކުރާ ކަސްޓަމަރުންނަށް އެޖެންޑުން މެދުވެރިކޮށް ގޭސް ވިއްކާނީ 50 ހެޔޮކޮށް ކަމަށް އެކުންފުނިން ބުނެ އެވެ.
މިދިޔަ އަހަރު ވެސް ރޯދަ އިނާޔަތެއްގެ ގޮތުގައި ގޭހުގެ އަގު ހެޔޮ ކުރި އެވެ. މިދިޔަ އަހަރު 10 ކިލޯގެ ގޭސް ފުޅިއަކުން 25 ރުފިޔާ ހެޔޮ ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް