ދެ ފަނޑިޔާރުން އަހަރާއި ހަތް މަހަށް ޖަލަށްލުމަން ހުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އެ ހުކުމް ދެ ފަނޑިޔާރުންގެ މައްޗަށް ކޯޓުމް އިއްވީ ދަ...

10 May 2018 | 11:19

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ދެ ފަނޑިޔާރުންގެ މައްޗަށް ކޯޓުމް އިއްވީ ދައުލަތުން އުފުލި، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެވެ. މި ހުކުމް އިއްވީ ދެ ބޭފުޅުންނަށް ވަކިވަކިންނެވެ.

މި ދައުވާގެ އަޑުއެހުންތަކުގައި ދައުލަތުން ވަނީ އެ ދެ ބޭފުޅުންނާއި ދެކޮޅަށް ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހަޅާފައި އެވެ.

މި ދައުވާގެ އިތުރުން ދެ ފަނޑިޔާރުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އަދި ހެކި ފޮރުވި ކަމަށް ބުނެވެސް ދައުވާ އުފުލާފައިވެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު ހަމާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ވަނީ އަންގާރަ ދުވަހު އިއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް