ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުވަނީ

ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުވަން ނިންމައިފި އެވެ. މިކަމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އެކު އެ ބޭންކުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އ...

10 May 2018 | 09:35

ހުޅުމާލޭގައި ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުވަން ނިންމައިފި އެވެ.

މިކަމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އެކު އެ ބޭންކުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ލީގަލް އެފެއާޒް ޑރ. ފާތުމަތު ޝިއުނީ އެވެ. ބޭންކް އޮފް ސިލޯންގެ ފަރާތުން ރާއްޖޭގައި ހުންނަ އެ ބޭންކުގެ މެނޭޖާ ބަދްރަ ކަލްޔަނަޕްރިޔާ އެވެ.

ބޭންކް އޮފް ސިލޯންގެ ބްރާންޗު ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވަނީ އަމީން އެވެނިއު އިމާރާތުގެ ކޮމާޝަލް ބްލޮކްގަ އެވެ. މި ބޭންކަކީ ގިނަ އަދަދަކަށް ދިވެހިން ހިދުމަތް ހޯދާ ބޭންކެކެވެ.

އެޗްޑީސީން ބުނީ މާލޭގައި ހުންނަ ބޭންކް އޮފް ސިލޯން އިން ދޭ ހުރިހާ ހިދުމަތެއް އެތަނުން ވެސް ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް