އެލްއޭއީސީގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ. އެ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި ސީނިއާ ލީޑިން ޓީޗަރު އައިޝަތު ޒުހުރުބާން ވިދާޅުވީ މިއަދު...

10 May 2018 | 06:37

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

އެ ސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި ސީނިއާ ލީޑިން ޓީޗަރު އައިޝަތު ޒުހުރުބާން ވިދާޅުވީ މިއަދު ސްކޫލަށް ކުދިން ދިއުމުން މަރުހަބާކީ ހުރިހާ ޓީޗަރުންނާއި މުވައްޒަފުން ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ކުދިންނަށް ހާއްސަ މެސެޖުތަކެއްދޭ ބޯޑުތަކެއް ކޮންމެ މުވައްޒަފަކުވެސް ހިފައިގެން ތިއްބެވި ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންގެ ފަރާތުން ވަނީ ކުދިންނަށް ހަދިޔާ ދީފަ އެވެ. މީގެ އިތުރުން ވަކިން ދޭ ފޮނި ކާއެއްޗެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް ކަޕްކޭކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގެ އިތުރުން ރަސްމީކޮށް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. އެ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައި ލ. އަތޮޅުގެ ހުރިހާ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ގިނަ އަމިއްލަ ޖަމިއްޔާތައް ބައިވެރިވާނެ އެވެ.

ޒުހުރުބާން ވިދާޅުވީ އެ ހަވީރުގައި އެ ފަރާތްތަކުން ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޓޯލްތައް ހަދައި ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ން 6:00 އަށެވެ.

މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްތަކުގައި ދަނީ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް