އިއްޔެ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއެއްގައި ފޯކްލިފްޓެއް ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރި ކޮށްލައިފި އެވެ.
މިހާދިސާގައި ޒަހަމްވެފައިވަނީ 44 އަހަރުގެ ފިރިހެނެކެވެ. ހާދިސާ ހިނގުމާއި އެކު އެމީހާއަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ ފައި ޗިސްވުމުގެ ސަބަބުން އޭނާ ފައިގަ ވަނީ އިންފެކްޝަން އުފެދިފަ ކަމަށެވެ. އެހެންވެ ޑޮކްޓަރުން ލަފާ ދެއްވީ ވީހާވެސް އަވަހަކަށް އޮޕަޜޭޝަން ކޮށް ފައި ބުރިކޮށްލުމަށެވެ.
އާއިލާ އާއި މަޝްވަރާ ކުރުމަށް ފަހު އެމީހާގެ ކަނާތު ފައިގެ ކަކުލު ހުޅުން ތިރިން ބުރިކޮށްފައިވާ ކަމަށެވެ. އޮޕަރޭ ޝަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގިނަ އަދަދަކަށް ދިވެހިންނާއި ބިދޭސީ މަޖޫރީން މަސައްކަތް ކުރާ އެމްޕީއެލް ވިޔަފާރި ބަނދަރުގައި މިދިޔަ އަހަރުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، މީގެއްގެ ފައިގަ އެއިން ޖެހި ލިބުނު ގެއްލުންތަކުގައި އެމީހާގެ ކަނާތު ފައި ބުރިކޮށްލަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް