ސޯމާލިޔާގެ އުތުރުގެ ސިޓީއެއް ކަމުގައިވާ މޮގާދިޝޫގައި ހުންނަ މާރުކޭޓެއްގައި އެއްޗެއް ގޮއްވާލައި 11 މީހަކު މަރާލައިފި އެވެ.
މިހަމަލާގައި އިތުރު 10 މީހަކު ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭއެފްޕީގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެގެ އެންމެ ބާރުބޮޑު ގަޑީގައި ދިން މި ހަމަލާއަކީ މީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްކަން ނުވަތަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއެއްކަން އަދި ކަށަވަރު ނުވާ ކަމަށެވެ.
އެ މާރުކޭތަކީ ދުންފަތާއި އެއްގޮތް ފަތެއް ވިއްކުމަށް މަޝްހޫރު މާރުކޭޓެކެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅޭ ހަމަ އެކަނި ހަނގުރާމަވެރި ޖަމާއަތަކީ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ އަލް ޝަބާބް ޖަމާއަތް ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް