މެލޭޝިޔާގެ އިންތިހާބު އެގައުމުގެ އިދިކޮޅު ކޯލީޝަނުން ކާމިޔާބު ކޮށްފި އެވެ.
ކުރީގައި ރައީސްކަން ކުރެއްވި އުމުރުފުޅުން 92 އަހަރުގެ މަހާތީރު މުހައްމަދު އިސްވެ ހުންނަވާ އިދިކޮޅު ކޯލީޝަނުން މި އިންތިހާބު ކާމިޔާބު ކޮށްފައިމިވަނީ ފާއިތުވި ހަ އަހަރު ވެރިކަން ކުރަމުންދިޔަ ބަރިސަން ނެޝަނަލް ކޯލީޝަނުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މަހާތީރުގެ ކޯލީޝަންގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ޕަކާތަން ހަރާޕަން ޕާޓީ އާއި އަދި ގުޅިފައިވާ ޕާޓީތަކުން ޖުމްލަ 115 ގޮނޑި ވަނީ ކާމިޔާބު ކުރައްވާފަ އެވެ.
މި ކާމިޔާބާއިއެކު މަހާތީރު ވިދާޅުވެފައިވަނީ އިލެކްޝަނުން ކާމިޔާބު ކޮށްފައިވާ ނަތީޖާއަށްވުރެ ތަރުހީބު މާ ބޮޑު ކަމަށާއި ދާދި އަވަހަށް މަގާމުގެ ހުވާ ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް