ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލަރު ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޯވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލަރު ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑާޝިޕަށް ތައުރީފްކުރައްވާފައެވެ.
އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.
ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަޞީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް