ވެލާނާ އެއާޕޯޓްގައި އިތުރު 14 ކައުންޓަރ ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި އިތުރު 14 ޗެކްއިން ކައުންޓަރު ހުޅުވައިފިއެވެ. މިއަދު މެނދުރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ކައު...

10 Apr 2019 | 12:29

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލްގައި އިތުރު 14 ޗެކްއިން ކައުންޓަރު ހުޅުވައިފިއެވެ.

މިއަދު މެނދުރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ކައުންޓަރތައް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ކުރިން ހުރި 28 ޗެކިން ކައުންޓަރ އާއި އެކު މިހާރު ޖުމްލަ 42 ޗެކިން ކައުންޓަރުން ހިދުމަތް ލިބޭނެއެވެ. އަދި މި އާ ކައުންޓަރތަކާއިއެކު އެންމެ ބަރު ބޮޑު ވާ ގަޑީގައި އިތުރު 400 ފަސިންޖަރުންނާއި އެކު ޖުމްލަ 1900 މީހުންނަށް ހިދުމަތް ދެވޭނެކަމަށް އެމްއޭސީއެލް އިން ވިދާޅުވިއެވެ.

މީގެއިތުރުން، އަލަށް ހުޅުވި ކައުންޓަރުތައް ބޭނުންކުރާނީ ބޮޑަށް ކުދި ބޯޓުތަކަށް ކަމަށާއި އަދި ކުރިން ގާއިމުކޮށްފައިވާ ކައުންޓަރުތައް ބޭނުންކުރާނީ ބޮޑެތި ބޯޓުތަކަށް ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ހަތް ޕަސެންޓް އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި އަދި ހިދުމަތް ދިނުމުގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް