އދ. އަރިޔަދޫގައި އަލިފާން ރޯވެއްޖެ

އދ. އަރިޔަދޫގައި އަލިފާން ރޯވުމުން ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ. އަލިފާން ރޯވެފަިއިވަނީ މިއަދު 14:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބ...

10 Apr 2019 | 12:14

އދ. އަރިޔަދޫގައި އަލިފާން ރޯވުމުން ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އަލިފާން ރޯވެފަިއިވަނީ މިއަދު 14:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެއަތޮޅު މާމިގިލި އެއާޕޯޓުގެ ފަޔާ ޓީމް އެރަށުގައި ހަރަކާތްތެރި ވާން ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އަލިފާން ނިއްވުމުގައި އެރަށާ ކައިރި ރިސޯޓުތަކުން އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި،  މާމިގިލީގައި ތިބި ވޮލަންޓިއާ ފަޔާ ފައިޓަރުން ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް