ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮއްލައިފި

ލ. ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްކުނު 19 އަހަރުގަ ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮއްލައިފިއެވެ. މި ތިން ...

10 Apr 2019 | 12:08

ލ. ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްކުނު 19 އަހަރުގަ ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮއްލައިފިއެވެ.

މި ތިން މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށެވެ. އެއީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ތިން މީހުންގެ ބަންދަށްވެސް ދެ ފަހަރަށް 15 ދުވަސް ޖަހާފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އެ ތިން މީހުން ދޫކޮއްލާފައިވަނީ ބަންދާ މެދު ގޮތެއް ނިންމަން ގަމު ކޯޓަށް ގެންދިޔުމުން ޝަރުތުތަކަކާ އެކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް