ފޮނަދޫ ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނަން އެދިފައެއް ނުވޭ

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަކުން ގުނައިދިނުމަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ....

10 Apr 2019 | 11:32

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަކުން ގުނައިދިނުމަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި ކަމުގެ ހަބަރު އެކި މީޑިއާ ތަކުގައި ދައުރުވަމުން ދިއުމުގެ ސަބަބުން  އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނުމަށް އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.

މި މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮއްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް