އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ ގޮތުން، ބީޗްގެ މޫދަށް އެރޭ ސަރަހައްދު ބަންދުކުރުމަށް ނިންމައިފިއވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން ބީޗް ބަންދު ކުރަން ނިންމާފައިވަނީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށެވެ.
އަދި އާރޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގައި ކުރިއަށް އޮތް ދުވަސް ތަކުގެ މަސްއްކަތް ނިންމުމުގެ ގޮތުން ބައިބަޔަށް ބަންދު ކުރެވޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން، ބީޗް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮއްފައިވަނީ އެމްޓީސީސީއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް