ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އަލުން ގުނަން ނިންމާފައިވަނީ މާމިގިލި ދާއިރާގެ އެއް ފޮއްޓާއި، މަޑުއްވަރީ ދާއިރާގެ 4 ފޮއްޓެއް ކަމަށެވެ. މީގެ އިތުރުން މާވަށު ދާއިރާއަށް ނިސްބަތްވާ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ 3 ކަނޑައި ވޯތް ކަރުދާސްތައް އަލުން ގުނަން ނިންމާފައި ވާކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
https://twitter.com/ElectionsMv/status/1115872744170827776
މަޖިލިސް އިންތިހާބު ކުރިއަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ އެއް ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް