ގ. ރެޑްޕާލުގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ތިން ފަންގިފިލާއެއް މީހުންނަށް ދިރި ނޫޅެވޭވަރަށް ގެއްލުންލިބިފައި ވާކަމަށް މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ، މި ފަންގި ފިލާތަކުގައި ދިރިއުޅެމުން ދިޔަ 10 ފަރާތަކަށް އެ އޮތޯރިޓީން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސާދީފައެވެ.
އެ އޮތޯރިޓީން އަންނަނީ ރޭ ފަތިހު 4:30 އިން ފެށިގެން މި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާގައި އެރި ދުމުގެ އަސަރު ކުރި 7 މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީ ވޯޑުގައި ވަނީ ފަރުވާ ދެވިފައި ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގީ ރޭ ފަތިހު 3:45 ހާއިރުއެވެ. ހަމަ އެވަގުތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހަދުއްގައި ހަރަކާތްތެރި ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް