ދިރާގު ޓީވީ އާއި ފައިބާ ބްރޯޑް ބޭންޑު ހިދުމަތް ވިލިނގިލީގައި ދޭންފަށައިފި

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިނގިއްޔަށް ދޭން ފަށައިފި އެވެ. މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދ...

10 Apr 2018 | 18:37

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިނގިއްޔަށް ދޭން ފަށައިފި އެވެ.

މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ އެވެ.

މިމަހު 30 ގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ކުރިޔަށް ގެންދާނެ އެވެ. މި ލަކީ ޑްރޯގައި ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި އެއް އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ މެދުވެރިކޮށް މާލެއެކޭ އެއްގޮތަށް ވިލިނގިލީގައިވެސް  އިންޓްރޯ ޕެކޭޖުގެ އަގަކީ 300 ރުފިޔާ ކަމަށާއި އެ ޕެކޭޖުގައި 80 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ކަމަށެވެ.

ދިރާގުގެ ފައިބަ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅޫތެރޭގެ 38 ރަށަކަށް ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް