ވެމްކޯ ހުޅުމީދޫ ސައިޓުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހުޅުމީދޫ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު 3:15 ހާއިރު ކ...

10 Apr 2018 | 12:52

ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހުޅުމީދޫ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު 3:15 ހާއިރު ކަމަށެވެ. ފުލުހުންނާއި ސިފައިން އަދި އާންމުންގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހަވީރު 5:00 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ސައިޓުގައި ހުރި ގިނަ އަދަދެއްގެ މެޝިނަރީޒް ތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީގެ އިތުރުން ސައިޓުގައި ހުރި ވެމްކޯގެ އިމާރާތްތަކަކަށްވެސް ގެއްލުންވެފައިވެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިހާސިދާގައި އެ ރަށު ވެމްކޯ އޮފީހުގެ ބައެއްގައިވެސް އަލިފާން ރޯވެފައިވެ އެވެ. މިހާދިސާގައި ލިބުނު ގެއްލުމާއި ގެއްލުން ލިބުނު ތަންތަނާއި ގުޅޭގޮތުން ވެމްކޯއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް