އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށަން ތާވަލް ކޮށްފި އެވެ.
މިއަދު ތާވަލް ކޮށްފައިވަނީ އެ ތިން ބޭފުޅުން ހެކި ފޮރުވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ. ތިން މައްސަލަވެސް ތާވަލް ކޮށްފައިވަނީ މެންދުރު ފަހު 3:00 އަށެވެ.
ދައުލަތުން ތިން ބޭފުޅުންގެ މައްޗަށް މިދައުވާ ކުރަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. މި ދައުވާގެ އިތުރުން އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލާފައި އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް