މިފްކޯއިން އައިސް އުފައްދާ މިންވަރާއި މަސް ގަންނަ ވަރު އިތުރުކޮށްފި

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާއި ގުޅިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކޮށްފި އެވެ. އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސ...

10 Apr 2018 | 05:46

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާއި ގުޅިގެން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކޮށްފި އެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އުތުރުގައި މަސްގަތުމަށް ހަރަކާތްތެރިވަމުން ދިޔަ މިފްކޯގެ ކަލަމިންޖާ 402 މިހާރު ދެކުނުގައި މަސްގަންނަމުން ގެންދާ ކަމަށެވެ. އަދި ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ކެރިއަރ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ކުރިއާ އަޅާބަލާއިރު މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ، މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރާ ދިމާކޮށް، މިފްކޯގެ ހުރިހާ އައިސްޕްލާންޓްތަކުން ޚާއްސަކޮށް ރާއްޖޭގެ ދެކުނުގައި ހުންނަ އައިސްޕްލާންޓްތަކުން އައިސްއުފައްދާ މިންވަރު އިތުރުކުރުމަށް އައިސްޕްލާންޓްތަށް 42 ގަޑިއިރު އޮފަރޭޓްކުރުމުން ގެންދާނެ ކަމަށެވެ.

އަދި އައިސް ލިބުމުގަ އާއި މަސްކިރުވުމުގައި ދިމާވާ އެހެން ދަތިތައްވެސް ހައްލު ކުރުމަށް ހަލުވި ކަމާއި އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ ހަ މަސްދުވަހު އެވްރެޖްކޮށް މިފްކޯއަށް ދުވާލަކު ކިރުވަނީ 105 ޓަނުގެ މަސްކަމުގައި ވީނަމަވެސް ފާއިތުވެދިޔަ ތިން ދުވަހު މިފްކޯއަށް އެވްރެޖްކޮށް 655 ޓަނު މަސް ގަނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް