ކޮވިޑް-19: ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދު ކުރަންޖެހޭ ހާލަތެއް އަދި ނެތް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދު ކުރަންޖެެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރ...

10 Mar 2020 | 10:32

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދު ކުރަންޖެެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަދިވެސް ރާއްޖޭގެ ހާލަތު އަޮތީ ކުރިންވެސް އޮތް ހާލަތުގައި ކަމަށެވެ. އެއީ ރީނދޫ ލެވެލް އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ކޮރޯނާ ވައިރަސް އައި މައިގަނޑު ސަބަބު ކަމަށްވާ އިޓަލީ މީހާ މާލޭގެ ޔުނިވާސަލް އޮފީހަށް ދިޔަފަހުން ވައިރަސްގެ އަލާމާތްތައް ފެނުނު އެތަނުގެ މުވައްޒަފު ވައިރަސްއަށް ޕޮސިޓީވްވި ނަމަ އެ ހާލަތު ބަދަލުވީސް ކަމަށެވެ. އެޗްޕީއޭއިން ވަނީ އޭނާ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސް ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށްފައި އެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަން ހާމަ ކުރީ މިއަދު ހެނދުނު އެވެ.

ޔުނިވާސަލްގެ މުވައްޒަފުގެ އިތުރުން ށ. ފޯކައިިދޫގައި ހުއްޓަ ބަލީގެ އަލާމާތްތައް ފެނިގެން ކަރަންޓިނަށް ގެންދިޔަ މީހާވެސް ވަނީ ކޮރޯނާ ވައިރަސްއަށް ނެގެޓިވް ވެފައި އެވެ.

މިވަގުތު ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ ހަމީހަކު އެބަތިއްބެވެ. އެ އެންމެންނަކީވެސް ރިސޯޓުތަކުން ޕޮސިޓީވްވި މީހުންނެވެ.

އެހެން ކަމުން އަދިވެސް ރާއްޖޭގައި ކޮރޯނާ ވައިރަސް ކޮންޓްރޯން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް