ކޮވިޑް-19: ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި އަށް މީހަކު ފަރުކޮޅުފުށީ ކަރަންޓީނަށް

ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަރުކޮޅުފުށީގައި ގާއިމްކޮށްފައިިވާ ކަރަންޓީން ފެސިލިޓީއަށް އިތުރު އަށް މީހަކު ގެންގޮސްފި އެވެ. އެޗްޕީއޭއިން ބުނީ އެ އަށް މީހުންނަކީ ވައިރަސްއަށް ޕޮސިޓިވްވި މީހުންނާއި ގުޅު...

10 Mar 2020 | 03:05

ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަރުކޮޅުފުށީގައި ގާއިމްކޮށްފައިިވާ ކަރަންޓީން ފެސިލިޓީއަށް އިތުރު އަށް މީހަކު ގެންގޮސްފި އެވެ.

އެޗްޕީއޭއިން ބުނީ އެ އަށް މީހުންނަކީ ވައިރަސްއަށް ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި އަށް މީހުން ކަަމަށެވެ. އެކަމަކު އެއީ ބަތަލާ ރިސޯޓުން ނުވަތަ ކުރެއްދޫ ރިސޯޓުން ޕޮސިޓީވްވި މީހުންނާއި ގުޅުން ހުރި މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.

އެކަމަކު މީގެ ކުރިން އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބަތަލާ ރިސޯޓުން11 މުވައްޒަފަކު ރޫމް އައިސޮލޭޝަންގައި ބައިތިއްބައިގެން ދިޔައީ މޮނިޓާ ކުރަމުންނެވެ. އަދި ކުރެއްދޫ ރިސޯޓުގައި69 ނުވަ މީހަކު ރޫމް އައިސޮލޭޝަންގައި ބައިތިއްބައިގެން ދިޔައީ މޮނިޓާ ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ އެމީހުން ރިސޯޓުގެ ރޫމް އައިސޮލޭޝަންގައި ތިބެން އެންގީ އެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ އިތުރަށޤ ބެލުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ އެ ރިސޯޓުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ބައެކެވެ.

ރާއްޖޭގައި ޖުމްލަ ހަ މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮސިޓީވްވެފައި އެވެ. އެއީ ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންނާއި ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީ މުވައްޒަފުންނެވެ.

ރާއްޖެއަށް ކޮރޯނާ ވައިރަސް އައީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަފަހުން ބައްޔަށް ޕޮސިޓިވްވިކަން އެންގި އިޓަލީ ފަތުރުވިއެއްގެ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް