ހެލްމެޓު އަޅައިގެން ފޭރުނު މައްސަލައިގާ ދެމީހަކާއި ކުޑަ ދެ ކުއްޖަކު ހައްޔަރުކޮށްފި

މިއަދު ހެނދުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފައިސާތަކެއް ފޭރުނު މައްސަލަ އާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފޭރުނު މައްސަލައާއި...

10 Mar 2019 | 14:27

މިއަދު ހެނދުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފައިސާތަކެއް ފޭރުނު މައްސަލަ އާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފޭރުނު މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު މިއަދު ވަނީ ހައްޔަރު ކުރެވިފައި ކަމަށެވެ.

"ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖެއް" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ފޭރިގެންފައިވާ ފައިސާގެ އަދަދަކީ 2،377،881.99 ރުފިޔާ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ހެދުނު ބުނެފައިވަނީ އެ ފައިސާ ފޭރިގެންފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލުގައި ދިޔަ ހަތަރު މީހަކު ދިވެއްސަކަށް ތޫނުއެއްޗަކުން ހަމަލާ ދިނުމަށްފަހުގައި ކަމަށެވެ. އަދި ޒަހަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް