ބޮލުގައި ތެއްޔެއް އަޅައިގެން ބުރިޖު ހުރަސްކުރަން ދިޔަ މީހަކު ހިފަހައްޓައިފި

ބޮލުގައި ތެއްޔެއް އަޅައިގެން ހުޅުމާލެ ކޮޅުން ބުރިޖަށް އަރަން ދިޔަ މީހަކު ފުލުހުން ހުއްޓުވައިފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމެއް ކަށަވަރެއް ނޫނެވެ. ނަމަވެސް އެނާ ހުއްޓުވި ކަމުގެ މައ...

10 Mar 2019 | 14:10

ބޮލުގައި ތެއްޔެއް އަޅައިގެން ހުޅުމާލެ ކޮޅުން ބުރިޖަށް އަރަން ދިޔަ މީހަކު ފުލުހުން ހުއްޓުވައިފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމެއް ކަށަވަރެއް ނޫނެވެ. ނަމަވެސް އެނާ ހުއްޓުވި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަށާއި ވީޑިއޯއަކަށް ބަލާއިރު ޖީއެން ސައިކަލެއްގައި ބުރިޖަށް އަރަން ދިޔަ ސައިކަލެއްގެ ފަހަތުގައި އިން ޒުވާނަކު އިނީ ބޮލުގައި ތެއްޔެއް އަޅައިގެންނެވެ. އެ ސައިކަލު ދުއްވަން އިން ޒުވާނާ އިނީ ހެލްމެޓު އަޅައިގެންނެވެ.

ގަވާއިދަށް ގެނެސްފައިވާ އިސްލާހެއްގައި ބުނެފައިވާގޮތުގައި 30 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ދުއްވޭ ސަރަހައްދުތަކުގައި ސައިކަލު ދުއްވަން ޖެހޭނީ ހެލްމެޓު އަޅައިގެންނެވެ. މި ގަވާއިދާ ހިލާފުވާނަމަ ފުރަތަމަ ފަހަރު 500 ރުފިޔާއިން، ދެވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމުގައި އެ ގަވާއިދުގައި ބުނެފައިވެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް