ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްފައި ފިލަނިކޮށް ފަޒީލް އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފި !

މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ފަޒީލް އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފަޒީލް އަކީ ޝިމާ ގެއްލުނު ކަމަށްބުނާ ޑިންގީން ޝިމާ ގޮވައިގެން ދަތުރުކުރި މީހާ ...

10 Mar 2019 | 13:30

މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް ފަޒީލް އާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފަޒީލް އަކީ ޝިމާ ގެއްލުނު ކަމަށްބުނާ ޑިންގީން ޝިމާ ގޮވައިގެން ދަތުރުކުރި މީހާ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މާމެންދޫއިން އުމުރުން 16 އަހަރުގެ އަންހެންކުއްޖަކު ގޮވައިގެން ޑިންގީއެއްގައި ތިން މީހަކު ދަތުރު ކުރަމުން ދަނިކޮށް ސިކްސް ސެންސް ލާމު ރިސޯޓު ކައިރިން ހައްޔަރުކޮށްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ފަޒީލް އާއި އިތުރު ދެމީހަކު ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު މާމެންދޫއިން ޑިންގީއެއްގައި ފުރީ މޫނު ނިވާކޮށްގެން ތިބެއެވެ.

ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީގައި ދަނިކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ފަޒީލް ހިމެނޭކަން ވަރަށް މުއުތަބަރު ގޮތަކަށް  ވަނީ ކަށަވަރު ކުރެވިފައެވެ.  ނަމަވެސް މިކަމާއި ގުޅޭ އިތުރު މާގިނަ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ޝިމާ ގެއްލުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރޭގަނޑު ވަގުތެއްގައެވެ. މިއަދާ ހަމައަށްވެސް ޝިމާ ފެނިފައިނުވާއިރު ޝިމާއާއެކު ޑިންގީގައި ދަތުރުކުރި ފަޒީލް ބުނެފައިވަނީ ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ އަތަށް ހަމަކާއި ފޯނެއް ދިން ކަމަށެވެ. އަދި ކަނޑުމަތިން ޝިމާ ގެއްލުމުން ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އެރީކަމަށް ބުނެފައިވެއެވެ.

ޝިމާ ހޯދަން ސިފައިންނާއި ފުލުހުން އަދި މާމެންދޫ ރައްޔިތުންނާއި ސިކްސް ސެންސް މުވައްޒަފުން އެތައް މަސައްކަތެއް ކޮށްފައިވާއިރު އަދިވެސް ޝިމާ ފެނިފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް