ސަރުކާރު ހިންގާ ކޯލިޝަން ދޫކޮށް ޕީޕީއެމް/ޕީއެންސީ އާއި ނުގުޅޭނެކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރު ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝުކުރު އަދާކޮށްފިއެވެ.
https://twitter.com/maumoonagayoom/status/1104626813261668352
އަލީ ވަހީދު ބުނިގޮތުގައި، އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ގައުމަށާއި ،ރައީސުލް ޖުމްހޫރިއްޔާއަށް އިޚްލާސްތެރި ކާމާއި ވަފާތެރިކަންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކޮށްފައެވެ. އަދި އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށްފައި ޕީޕީއެމް/ޕީއެންސީ ފިކުރަށް ތާއިދު ނުކުރާންނަންކަމަށެވެ. އަދި ސަރުކާރު ދިފާއުކުރުމުގައި ދެމިހުންނާންކަމަށެވެ.
އަލީ ވަހީދުގެ ޓްވީޓް، ރީޓްވީޓް ކުރެއްވުމަށްފަހު ރައީސް މައުމޫނު ވިދާޅުވީ، އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް