ގޭގައި އޮންނަން ޖެހުނަސް، ވަޒީރުކަމުން ވަކިކުރިޔަސް އަދި މަގުމަތީ ސަލާންޖަހަން ޖެހުނަސް އިރާދަކުރެއްވިޔާ ހުންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށް، މަގާމުގެ ޒިންމާތަކުން ދުރުކޮށްފައިވާ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
https://twitter.com/AhmedMahloof/status/1104652863437922305
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ އެމްޕީ ނިހާނަށް ރައްދު ދެއްވައި ކުރި ޓްވީޓަކުންނެވެ. އެމްޕީ ނިހާނު މިއަދު ވަނީ، އެމްޑީޕީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އައުމަށް މިނިސްޓަރު މަހުލޫފަށް ގޮވާލާފައެވެ.
އެމްޕީ ނިހާން މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރު މަހުލޫފު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ގޭގައި މަޑުކުރުމަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް