ބަލިވެ އިނުމުން ޗުއްޓީގެ ގޮތުގައި އެއް މަސް އަދި ވިހެއުމުން ހަ މަސް ދޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފިނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް، އަދި ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭގޮތަށް މިއަދު ގާނޫނު އިސްލާހުކޮށްފިއެވެ. ސިވިލް ސާވިސްގެ އެ ގަވާއިދުގައި ބުނީ...

10 Mar 2019 | 08:55

މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފިނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް، އަދި ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭގޮތަށް މިއަދު ގާނޫނު އިސްލާހުކޮށްފިއެވެ.

ސިވިލް ސާވިސްގެ އެ ގަވާއިދުގައި ބުނީ މުވައްޒަފަކު ވިހާ ދުވަސް ކައިރިވެފައިވާނަމަ، ނުވަތަ ބަލިވުމުގެ ސަބަބުން ވަޒީފާއަށް ނިކުންނަން ދަތި ވާނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން، 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތައް ލިބޭނެކަމަށެވެ.

މި ޗުއްޓީ ލިބޭނީ މުވައްޒަފުން ބަލިވެ އިނުމުގެ ސަބަބުން  އޮފީހަށް ނުނިކުމެވޭނެ ކަމަށްބުނެ، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ ލިޔުމެއް ނުވަތަ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.

ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްޓެލްކޯ، އެސްޓީއޯ އަދި ފެނަކަ ފަދަ ކުންފުނިތަކުންވެސް ވަނީ ވިހެއުމުން ހަ މަސްދުވަހުގެ ޗުއްޓީ ލިބޭގޮތައް ހަމަޖައްސައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް