ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގައި ސިނގިރޭޓު ބޮއެގެން، ހަފްތާއެއްގެ ތެރޭގައި 26 މީހުން ޖޫރިމަނާކޮށްފައި ވާކަމަށް ފުލުހުން ނެރުނު ތަފާސްހިސާބަކުން ދައްކައިފިއެވެ.
މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ފުލުހުން އާންމުކޮށްފައިވާއިރު، ފުލުހުންވަނީ މަގުމައްޗަށް ކުނިއެޅި ހަތް މީހަކުވެސް ޖޫރިމަނާކޮށްފައެވެ. މީގެއިތުރުން، 47 ކޮންސްޓްރަކްޝަން ސައިޓެއްގެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާއިރު، 68 މީހަކަށް ނަސޭހަތްތެރި ވެފައިވާކަމަށް މި ތަފާސްހިސާބުން ބުނެއެވެ.
ތިމާވެށީގެ ފުލުހުންނަށް ހުށަހެޅުނު 136 މައްސަލައެއް ހައްލުކޮށްދީފައިވާއިރު، 38 މައްސަލައެއް ހައްލު ނުވާކަމަށް ފުލުހުންބުނެއެވެ. އަދި ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ފުލުން ވަނީ ނުވަ ގެއަކާއި ދިހަ ފިހާރައަކާއި، ދެ ކެފޭއެއް ބަލާ ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް