މެލޭޝިޔާގައި އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު 10 އަހަރަށް ޖަލަށް ލައިފި

ކުއަލަލަމްޕޫރު، މެލޭޝިޔާ ރައްޔިތެއް ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މި މިހާ ޖަލަށްލުމަށް ހުކުމްކުރީ ސޯޝަލް މީޑިއާގައި އިސްލާމްދީނަށާއި ...

10 Mar 2019 | 07:09

ކުއަލަލަމްޕޫރު، މެލޭޝިޔާ ރައްޔިތެއް ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މިހާ ޖަލަށްލުމަށް ހުކުމްކުރީ ސޯޝަލް މީޑިއާގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުމުން، މިދިޔަ ހޮނިހިރުދުވަހުގައެވެ.

މީގެ އިތުރުން، އިތުރު ހަތަރުމީހެއްގެ މައްސަލަވެސް ބަލަމުން އެބަދެއެވެ. މީގެ ތެރެއިން އެކެއްގެ އަޑުއެހުން ހޯމަ ދުވަހަށް ވަނީ ތާވަލުކުރެވިފައެވެ. މި މީހުންނަކީވެސް ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާކުރި މީހުންނެވެ.

ކުއަލަލަމްޕޫރުގެ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް، މުހައްމަދު ފޫޒީ ވިދާޅުވީ، ހައްޔަރުކޮށްފައި ތިބި މީހުންނަކަށް އަވަހަކަށް ސަލާމަތް ނުވެވޭނެކަމަށާ، މި މީހުންނަށް މަދުވެގެން އަހަރު ދުވަހުގެ ޖަލުހުކުމެއްގެ އިތުރުން، 50،000 ރިންގެޓަށް ޖޫރިމަނާ ކުރާނަކަމަށެވެ.

މެލޭޝިއާގެ ރެލިޖިއަސް އެފެއާސްގެ މިނިސްޓަރު މުޖާހިދް ޔޫސުފް ވިދާޅުވީ، އެ މިނިސްޓްރީން ވަނީ މިކަހަލަ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ ފަރާތްތައް ހޯދުމަށް ވަކި ޔުނިޓެއް ކަނޑައަޅާފައި ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިގޮތައް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެކަމުގެ ހައްގު އަދަބު ދޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް