މާދަމާއިން ފެށިގެން އިންޑިއާއަށް ބޭސްފަރުވާއަށް ދާމީހުންނަކަށް ވިސާއެއް ބޭނުމެއްނުވާނެއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރި ވިސާއާ ބެހޭ އާ އެގްރިމެންޓް މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ. މި އެގްރިމެންޓްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި، ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
އާ އެއްބަސްވުން މާދަން ތަންފީޒުކުރަންފަށާއިރު، ވިސާއާއި ނުލާ ބޭސްފަރުވާގެ ކަންކަމުގައި 90 ދުވަހު ހުރެވޭނެއެވެ. ނަމަވެސް އެޔަށްވުރެ ގިނަދުވަސް ވާނަމަ، މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ހުށަހަޅައިގެން، ހަމަސް ދުވަހާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ވިސާ ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް