އަޑުގަދަކޮށް ލަވަޖެހުމުގެ ސަބަބުން ޖިއޯ ވެންޗޯ ނަމަކަށް ކިއުނު، ޗައިނާއަށް އުފަން ފިރިހިނެއްގެ ކަންފަތް ބީރުވެއްޖެއެވެ.
31 އަހަރުގެ ޖިއޯ އަށް ކަންފަތައް އިވުމަށް ދަތިތަކެއް ހުންނަތާ ދުވަސްކޮޅެއްފަހުން ޑޮކްޓަރަށް ދެއްކުމުން އިނގުނީ، މަޑުމަޑުން ކަންފަތުގެ އިވުން ނެތިގެންދާކަމެވެ. އޭގެ ސަބަބެއްކަމުގައި ޑޮކްޓަރުން ބުނީ ކެނޑި ނޭޅި ހެޑްސެޓް ޖަހައިގެން މާ ބާރަށް ލަވަ އަޑުއެހުން ކަމުގައެވެ. ޖިއޯ އަށް ޖެހިފައިވާ ބަލީގެ ނަމަކީ "ނިއުރޮލޮޖިކަން ހިއަރިންގ ލޮސް" އެވެ.
ޖިއޯގެ ކޭސްއާއި ހަވާލުވި ޑޮކްޓަރުބުނީ މި ބަލި ޖެހެގެން ދުވާލެއްގެ މައްޗަށް 10 މީހުން އަންނަކަމުގައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މި ބަލި ޖެހިގެން އަންނަ ނިސްބަތްދަނީ ދުވަހެއް ދުވަހަކަށްވުރެ ގިނަވަމުންނެވެ.
ޑޮކްޓަރ ޕޭން ވިދާޅުވީ އެ ހޮސްޕިޓަލުން ހޯދި ހޯދުންތަކުން އިނގޭގޮތުގައި މި ބަލި އިތުރުވެގެންދަނީ، މާ ގިނައިރު ބާރު އަޑު ނުވަތަ މިއުޒިކު އަޑުއެހުމާއި، ގިނައިން ފޯނުގައި ތިބުމުގެ ސަބަބުންކަމަށެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ބުނީ 1.1 ބިލިއަން ކުދިންނަކީ ކަންފަތުގެ އިވުމުން މަހުރޫމު ވެދާނެކަމުގެ ބިރު އޮތް ކުދިންކަމުގައެވެ. މީގެ ތެރޭގައި 12 އަހަރާއި 35 އަހަރުގެ މީހުން ހިމެނެއެވެ.
މީގެ އަހަރެއް ކުރިން ޖިއޯ ވަނީ ޑްކޮޓަރަށް ދައްކައި ފަރުވާ ހޯދާފައެވެ. ނަމަވެސް ދާދި ފަހަކުން ކަންފަތުގެ އިވުމަށް ބަދަލުތަކެއް އަންނާތީ އަނެއްކާ ޑޮކްޓަރަށް ދެއްކުމުން އެނގުނީ، މި ބަލީގެ ޝިކާރައަކަށް ވެފައިވާކަމެވެ. މީގެ ސަބަބުން ދުވަސްކޮޅަކުން އެކީ ކަންފަތް ބީރު ވެދާނެ ކަމަށް ޑޮކަޓަރުންވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް