ޕީޕީއެމް ޕީއެންސީ ފިކުރާއެކު ނުދާނަން، ސަރުކާރު ދިފާއު ކުރާނަން: މިނިސްޓަރު އަލީ ވަހީދު

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ފިކުރާއެކު ނުދާނެ ކަމަށާއި ސަރުކާރު ދިފާއު ކުރައްވާނެ ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ކުރެއް...

10 Mar 2019 | 04:14

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ފިކުރާއެކު ނުދާނެ ކަމަށާއި ސަރުކާރު ދިފާއު ކުރައްވާނެ ކަމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މާތް ﷲ ގަންދީ ހުވާކޮށްގެން މިހުރީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިހުލާސްތެރި ކަމާއެކު ވަފާތެރިވުމަށް" އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ali20waheed/status/1104587119559827460

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ޕީޕީއެމް ޕީއެންސީންވެސް ވަނީ ނިންމާފައެވެ.

ހަމަ މިއާއެކު ފާއިތުވި ދެތިން ދުވަހެއްގެ  ތެރޭގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަނީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް