މާލޭގައި މިރޭ ހިންގި ގްރޫޕު މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
މާރާމާރީ ހިންގާފައިވަނީ މާފަންނު "ވޯންޓެޑް" ސަރަހައްދުގައި އެވެ.
ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކުރީ މިރޭ 10:15 ހާއިރު ކަމަށެވެ. އަދި ޒަހަމްވެފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުދެ އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދޭގޮތުގައި އެމީހާއަށް ލިބިފައިވާ ޒަހަމްތައް އެހާ ސީރިއަސް އެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް