އައްޑޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިރޭ އިރާކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ. އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކ...

10 Mar 2018 | 14:34

އައްޑޫ ސިޓީ ލިންކް ރޯޑްގައި މިރޭ އިރާކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި އެކްސިޑެންޓްގައި މަރުވެފައިވަނީ ފިރިހެނެކެވެ.

"މި އެކްސިޑެންޓް ހިނގާފައި ވަނީ ލިންކް ރޯޑް ކުނިކޮށްޓާ ދިމާލުން ކާރަކާއި ސައިކަލެއް ޖެހިގެން، ހާދިސާގައި ލިބުނު ގެއްލުމުގެ ތަފުސީލެއް އަދިބޭ ގޮތް ނުވި ނަމަވެސް، އެކްސިޑެންޓްގައި މަރުވީ މެދުއުމުރުގެ ފިރިހެނެއް" އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ކަށަވަރު ކޮށްދެ އެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ އިރު، ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް