ދޯންޏެއް ދިޔަވަމުންދާތީ ސިފައިން އެހީތެރިވާން ފަށައިފި

މާލެއިން ފުރައިގެން ރ. އިންނަމާދޫއަށް ދަތުރު ކުރި ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން އެހީތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 12:25 ހާއިރު ކަމަށެވެ. ...

10 Mar 2018 | 10:00

މާލެއިން ފުރައިގެން ރ. އިންނަމާދޫއަށް ދަތުރު ކުރި ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން އެހީތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެކަމުގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 12:25 ހާއިރު ކަމަށެވެ. ދިޔަ ވަމުންދަނީ 55 ފޫޓުގެ "ސިގްނަލް" ނަމަކަށް ކިޔާ ދޯންޏެކެވެ.

އެ ދޯނީގައި ހަތް މީހުން އެބަ ތިއްބެވެ އެއީ ހަ ދިވެހިންނާއި ބިދޭސީއެ ކެވެ. އެމީހުންގެ ހާލާއި ބެހޭގޮތުން އެމްއެންޑީއެފުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުގެ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް