އަޑުހަރުކޮށް ކިޔަވަންޖެހޭ ނަމާދުތަކުގައި ސޫރަތުލް ފާތިހާ ކިޔަވާއިރު އެންމެ ރަނގަޅީ ބާރަށް ބިސްމި ކިޔުން ކަމަށް އިސްލާމީ ފަތުވާ ދޭ ކޮމިޓީން ނިންމައިފި އެވެ.
މިދިޔަ ހަފްތާގައި އެ ކޮމިޓީން ނެރެފައިވާ ފަތުވާއެއްގައި ބުނެފައިވަނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި ކީރިތި ރަސޫލާ ބައެއް ފަހަރު ސޫރަތުލް ފާތިހާ ފެށުމުގެ ކުރިން ބާރަށް ބިސްމި ވިދާޅުވެފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު ސިއްރުން ބިސްމި ވިދާޅުވެފައިވާކަން ސުންނަތުން ސާބިތުވާ ކަމަށެވެ.
އެހެންވެ އެ ފަތުވާގައި ބުނެފައިވަނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެންމެ ރަނގަޅު ގޮތަކީ އިމާމުން އަޑު ހަރުކޮށް ބިސްމި ކިޔުން ކަމަށެވެ. އެއީ ރާއްޖޭގައި އަމަލު ކުރަމުންދަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށްވާތީ، ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް