އަސްލޫން ބޭހެއް ކެމަރޫންގައި ދައުރުވަމުންދާތީ ރާއްޖޭގައިވެސް އެކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ކެމަރޫންގައި ދައުރުވަމުން ދަނީ ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް ކަމަށްވާ އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް އަސްލު ނޫން ބޭސްތަކެވެ. ހެލްތް މިނިސްޓްރީން މި އިލްތިމާސް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެ ކުރާ ފަރާތްތަކަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ހަވާލާދީ ހެލްތް މިނިސްޓްރީން ބުނީ ކެމަރޫންގައި ދައުރުވަމުންދާ އަސްލު ނޫން ބޭހަކީ 2016 ވަނަ އަހަރު މެއި މަހު އުފައްދާ، އަންނަ އަހަރުެ މެއި މަހަށް މުއްދަތު ހަމަވާ ބޭހެއް ކަމަށެވެ.
ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައި ވަނީ އަގުމެންޓިލް ބެޗް ނަންބަރު 562626 ބޭހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް