ކާނާ ވިހަވުމުން އެންމެ އަވަހަށް ކުރަންވީ މިކަންކަން!

އާންމުކޮށް  ކާނާ ވިހަވަނީ ނުބައިވެފަ ހުންނަ އެއްޗެއް ކެވިގެން ނުވަތަ ހަށިގަނޑާ ނުގުޅޭ އެއްޗެއް ކެވިގެންނެވެ. ބައެއް ފަހަރު ސާފުތާހިރުކަން ކުޑަކޮށް ކައްކާފައި ހުންނަ އެއްޗެހި ކެއުމުންވެސް ކާނާ ވިހަވެ އ...

10 Mar 2018 | 03:03

އާންމުކޮށް  ކާނާ ވިހަވަނީ ނުބައިވެފަ ހުންނަ އެއްޗެއް ކެވިގެން ނުވަތަ ހަށިގަނޑާ ނުގުޅޭ އެއްޗެއް ކެވިގެންނެވެ. ބައެއް ފަހަރު ސާފުތާހިރުކަން ކުޑަކޮށް ކައްކާފައި ހުންނަ އެއްޗެހި ކެއުމުންވެސް ކާނާ ވިހަވެ އެވެ.

ކާނާ ވިހަވުމުން ބަނޑުގަ ރިއްސާ ހޮޑުލެވި ބޯ އަނބުރާގޮތް ވުމުގެ އިތުރުން އަވަސް އަވަހަށް ބޮޑު ކަމު ދެވުމަކީ ދިމާވާ މައްސަލަތަކެވެ. ކާނާ ވިހަވުމުން ހަށިގަނޑުން ވަރުދެރަވެ މާ ބޮޑަށް ބަލިވާހެން އިހުސާސްވާ މީހުން މަދެއް ނޫންނެވެ.

ކާނާ ވިހަވުމުން އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. އެކަމަކު އޭގެ ކުރިން ގޭގައި ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން  ހަށިގަނޑަށް މާ ހަކަތަ ލިބޭ ކާއެއްޗެހި ނުކެއުމާއި ގިނައިން ތެޔޮ އެކުލެވޭ ކާއެއްޗެހި ނުކެއުން ހިމެނެ އެވެ.

ތިރީގައި އެވަނީ ކާނާ ވިހަވުމުން ވީހާވެސް އަވަހަށް ކެއުމާއި ބުއިން އެންމެ ރަނގަޅު އެއްޗެހި:

ގިނައިން ދިޔާ އެއްޗެހި ބުއިން:

ކާނާ ވިހަވުމުން މާގިނައިން ހޮޑުލެވި ބޮޑު ކަމު ދެވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކަތަ ބޭރުވާތީ، ގައިގަ ވަރު ޖެއްސުމަށް ގިނައިން ފެން ބޯށެވެ. ފެން ބޯން ނުކެރޭނެމަ އެހެން ދިޔާ އެއްޗެއްވެސް ރަނގަޅުވާނެ އެވެ.

ކާންވީ ވީހާވެސް ލުއި އެއްޗެހި:

ކާނާ ވިހަވުމުން ގިނައިން ދިޔާ އެއްޗެހި ބޮމުން ކެވޭތޯ ބަލަންވީ ހަށިގަނޑަށް ފައިދާ ހުރި އަވަހަށް ގައިގަ ވަރު ޖެހޭނެ ކާއެއްޗިއްސެވެ. އޭރުން ކާނާ ވިހަވުމުން ހަށިގަނޑު އެތެރޭގައި ހުންނަ ބެކްޓީރިއާތައް ބޮޑު ކަމުދެވި ނުވަތަ ހޮޑުލެވިގެން އަވަހަށް ހަށިގަނޑުން ބޭރުވުން އަވަސްވާނެ އެވެ.

ކާނާ ވިހަވެފައި ހުންނަ އިރު ކެއުން އެންމެ ރަނގަޅު އެއްޗެހީގެ ތެރޭގައި ދޮންކެޔޮ، ބަތް އަދި ފިހެފައި ހުންނަ އެއްޗެހި ހިމެނެ އެވެ. އަދި އާފަލު ޗަސްކޮށްގެން ކެއުންވެސް ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް