މަނަދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

މިރޭ ހިނގި ހާދިސާއެއްގައި ނ. މަނަދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނ...

10 Feb 2020 | 17:33

މިރޭ ހިނގި ހާދިސާއެއްގައި ނ. މަނަދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 07:37 ހާއިރުގައެވެ.

ޑިންގީ ބަންޑުން ޖަހާލިއިރު 11 ފިރިހެނަކު ތިބިކަމަށްވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އެމީހުން މިހާރު ތިބީ މަނަދޫގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިހާރު އެ ޑިންގީވެސް މަނަދޫ ފަޅުތެރެއަށް ވައްދާފައިވާކަމަށާއި މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް