ސާވިސްޗާޖު ދޭން މަޖިބޫރު ކުރަން މަޖިލީހަސް އިސްލާހެއް ހުށަހަޅައިފި

ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސާވިސްޗާދު ދޭން މަޖުބޫރުކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައިފި އެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މ...

10 Feb 2020 | 09:46

ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ސާވިސްޗާދު ދޭން މަޖުބޫރުކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

އީސާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ބަހާ ނިންމަން ޖެހޭނެ ކަމަށެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ފައިސާއެއް ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ނަގާނަމަ އެ ފައިސާއެއް ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ބަހަންވާނެ ކަމަށެވެ.

އެ އިސްލާޙުގައި ބުނެފައިވާގޮތުގައި ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާއިން އެ ކުންފުންޏަކަށް ބޭނުން ކުރެވޭނީ އެންމެ ޕަސެންޓެކެވެ. އެއީ އިދާރާ ކަމަށް ބޭނުން ކުރުމަށް ނަގާ ފީގެ ގޮތުގައި ކަމަށެވެ. ސާވިސް ޗާޖު މުވައްޒަފުންނަށް ދޭންޖެހެނީ އެ މުވައްޒަފަކު ވަޒިފާ އަދާ ކުރާ ގަޑިއަކަށް ނިސްބަތްކޮށެވެ.

އިތުރަށް ބުނެފައިވާގޮތުގައި ސާވިސް ޗާޖުގެ މައުލޫމާތު އެ ކުންފުންޏަކުން ގަވައިދުން ބަލަހައްޓަން ވާނެ އެވެ. އަދި އަހަރަކު އެއްފަހަރު އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަސް ފޮނުވަން ވާނެ އެވެ. އޭގެ ކުރިން އެ މައުލޫމާތު ހޯދަން އެދުމުގެ ބާރުވެސް ބިލުން ލޭބާ ރިލޭޝަން އޮތޯރިޓީއަށް ދީފަވެ އެވެ.

މިގޮތަށް އަމަލު ނުކޮށްފިނަމަ ނުވަތަ ލޭބާ ރިލޭޝަން އޮތޯރިޓިން އަންގާ އެންގުމަކާއި ހިލާފުވެއްޖެނަމަ5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ސާވިސް ޗާޖު މުވައްޒަފުންނަށް ނުދޭ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް