ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރު ކޮށްފި

އުތުރުގެ ރަށެއްގައި އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައ...

10 Feb 2020 | 09:24

އުތުރުގެ ރަށެއްގައި އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައަކީ ހއ. ހދ. އަދި ށ. އަތޮޅު  ހިމެނޭހެން އޮންނަ އަޕަރ ނޯތު ޕޮލިސް ޑިވިޒަނަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ހިމެނޭހެން ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއި ހަމައިން މިފަދަ އެތައް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް