ނަގިލި ކަނޑައިގެން ގޮސް ދެ ބޯޓެއް އޮޔާދާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ކ.ތިލަފުށި ކައިރީގައި އެއް ނަގިލީގައި، އަޅާފައިއޮތް "އޮއިވާލި 101" އަދި "އޮއިވާލި 108" ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާތީ މާލެ އޭރިއާ ކޯސްޓު ގާރޑް ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެއިތުރުން އާޒިމް ވިދާޅުވީ މިހާދިސާހިނގި ވަގުތު މި ދެ ބޯޓުގައިވެސް މީހަކުނެއްކަމަށާއި މި ހާދިސާގެ މައުލޫމާތު އެމް.އެން.ޑީ.އެފް ސީ.ޖީ އެމް.އާރ.ސީ.ސީ އަށް ލިބިފައިވަނީ މިއަދު 12:00 ގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް