ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ވަގުތުން ސާފުކޮށްދޭގޮތަށް ސުްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވާގޮތުގައި މިއަދުން ފެށިގެން ކުށުގެ ރެކޯޑުތައް ސާފުކުރަން ހުށަހަޅާ ފޯމުތައް ހުށަހެޅުމުން ރެކޯޑު ފޯމުތައް ނިންމުމަށް ފަހު ވަގުތުން ދޫކުރާނެ އެވެ. އަދި މި ހިދުމަތް މިމަހުގެ24 ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ބުނެފައިވެ އެވެ.
ކުށުގެ ރެކޯޑު ސާފު ކުރުމަށް ފޯމު ހުށަހެޅޭނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު8:00 ން ހަވީރު4:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު2:30 ން ހަވީރު5:00 އަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު10:00 ހަވީރު4:30 އަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ދަށު ކޯޓުތަކުން ކުށުގެ ރެކޯޑު ސާފު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ހައިކޯޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް