ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިގެން ކަރަންޓީން ކުރި ޖަޕާނުގެ ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާގައި ތިބި130 މީހެއްގެ ގައިން އެބަލި ފެނިފައިވާ ކަމަށް ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
އެ ކްރޫޒް ލައިނާގައި ތިބި މީހުންގެ ތެރެއިން ފުރަތަމަ ބައްޔަށް ޕޮސިޓިވްވީ އުމުރުން80 އަހަރުގެ ހޮންގް ކޮންގް ގެ ފިރިހެނެކެވެ. އެހެންވެ ޖަޕާނު ސަރުކާރުން ވަނީ އެ ކްރޫޒްލައިނާ އެއްކޮށް ކަރަންޓީންކޮށް އޭގައި ތިބި އެންމެން ބައްޔަށް ޓެސްޓު ކުރަން ނިންމާފަ އެވެ.
ޖަޕާނުގެ މީޑިއާއިން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އިތުރު30 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. ބައްޔަށް ޕޮސިޓިވްވާ އެންމެން ކްރޫޒް ލައިނާއިން ބާލައިގެން ގެންގޮސް ފަރުވާދެމުންދަނީ ޖަޕާނުގެ ހޮސްޕިޓަލްތަކުގައި އެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްކަމެއް ނޭނގެ އެވެ.
މިމަހު ތިން ވަނަ ދުވަހު ކްރޫޒް ލައިނާ ކަރަންޓީން ކުރުމަށް ފަހު ޖަޕާނު ސަރުކާރުން ނިންމާފައިވަނީ14 ދުވަސް ވަންދެން އޭގައި ތިބި މީހުން ކަރަންޓީން ކުރުމަށެވެ.
މި ކްރޫޒްލައިނާގައި ޖުމްލަ3،711 މީހުން ތިއްބެވެ. އެއީ2،666 ގެސްޓުންނާއި1،045 ފަޅުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް